ސްޓޭޓް މިނިސްޓަރު އަބްދުލް ލަތީފް އަހުމަދު  މަގާމުން ވަކިކޮށްފި

ސްޓޭޓް މިނިސްޓަރު އަބްދުލް ލަތީފް އަހުމަދު މަގާމުން ވަކިކޮށްފި

1 hour ago - 22:50
Advertisement
Advertisement

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ލަތީފް އަހުމަދު (އުދަރެސް ލަތީފް) ކުއްލި ގޮތަކަށް މަގާމުން ވަކިކުރައްވައިފިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ލަތީފް މަގާމުން ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުންނާއި ސަރުކާރުން ރަސްމީކޮށް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


އަބްދުލް ލަތީފަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި އަމާޒުތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި އަމަލީ ގޮތުން އިސްކޮށް ހަރަކާތްތެރިވަމުން އައި ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ހުންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އެހެންނަމަވެސް ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން، އޭނާ ފަހުން ބަދަލުކުރެވުނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.


ލަތީފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ކްލެމެންސީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.


ލަތީފް މަގާމުން ވަކިކުރައްވާފައި މިވަނީ، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ފައިރޫޝް ވެސް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. މި ބަދަލުތަކާ ގުޅިގެން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement