ރައީސް މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ނ.. ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ރައީސް މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ނ.. ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

2 hours ago - 11:10
Advertisement
Advertisement

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، ނ. ވެލިދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމައި، އެ ތަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.


ވެލިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕާކު ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމް އެވެ.
މި މަޝްރޫޢަކީ ރަށްރަށުގެ އިޖުތިމާޢީ ދިރުން އިތުރުކުރުމަށާއި، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްޤީ ކުރުމަށް ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކާ ވަނީ ހަވާލުކުރެވިފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ އަދި އެޗްޑީސީ އެވެ.


ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި 14 ރަށެއްގެ މަސައްކަތް ހިމެނޭއިރު، ދެވަނަ ބެޗްގައި 32 ރަށެއްގައި ޕާކު ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.


ވެލިދޫގައި މިއަދު ހުޅުވި ޕާކަކީ އެ ރަށުގެ ކުޑަކުދިންނަށާއި އާއިލާތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އެ ރަށު ކައުންސިލުން ފާހަގަކުރެއެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މި މަޝްރޫޢުގެ ދަށުން ބާކީ ހުރި ރަށްތަކުގެ ޕާކުތައްވެސް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement