މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" ގައި ބަނދަރުކުރާ އޮޑިދޯނިފަހަރަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކުރި ނިޒާމުގެ މަސައްކަތް ނިންމައި، އެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން "އޭ ޒޯން" ގައި އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ޚިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އުޅަނދުފަހަރަށް ފެން ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދުގައި ފެން ދޫކުރާ 16 ޕޮއިންޓެއް ވަނީ ގާއިމުކޮށްފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ނިންމައި، ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވުމާ ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. މި ޚިދުމަތް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
މީގެކުރިން ނޯތު ހާބަރުގެ "އޭ ޒޯން" ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތުން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. އޭރު މި ޚިދުމަތްތައް ދެމުން އައީ ހަމައެކަނި "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ. އޭ ޒޯނުން މި ޚިދުމަތްތައް ދޭން ފެށުމަކީ ހާބަރު ބޭނުންކުރާ އޮޑިވެރިންނަށާއި ފަޅުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 16 ވަ
ރިއެކްޝަންސް





