އެސްޓީއޯ ފާމަސީތަކުގެ ނަން "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި

އެސްޓީއޯ ފާމަސީތަކުގެ ނަން "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި

2 hours ago - 10:43
Advertisement
Advertisement

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯއިން ހިންގަމުން އައި ހުރިހާ ފާމަސީތަކެއް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.


މި ބަދަލާ ގުޅޭގޮތުން އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 1 ޖުލައި 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ފާމަސީތަކުން މިހާރު ހިދުމަތް ދެމުންދާނީ ސްޓޭޓްފާމާގެ ދަށުން ކަމަށެވެ. މިއީ ރާއްޖޭގެ ބޭހުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެޅުނު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.


ސްޓޭޓްފާމާގެ މައިގަނޑު މަގްސަދަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އެސްޓީއޯއިން ބުނި ގޮތުގައި މިފަދަ ގައުމީ ބޮޑު ޒިންމާއަކާ ހަވާލުވުމަކީ ކުންފުންޏަށް ލިބުނު ބޮޑު ޝަރަފެކެވެ. އަދި މިހާތަނަށް ރައްޔިތުން އެ ކުންފުންޏަށް ކުރެއްވި އިތުބާރަށްޓަކައި ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ.


މި ބަދަލުތައް ތަންފީޒު ކުރަމުންދާ މަރުހަލާގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ. ހިދުމަތާ ގުޅޭ އެއްވެސް ކަމެއްގައި އެހީތެރިކަން ބޭނުންވާނަމަ، ކުންފުނީގެ ހޮޓްލައިން ނަންބަރު 1505 އަށް ގުޅުމުން 24 ގަޑިއިރު އެހީތެރިކަން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.


ސްޓޭޓްފާމާ އިން އިތުރަށް ބުނެފައިވަނީ، މި ބަދަލު ގެނައުމުގައި ސިއްހީ ދާއިރާގެ އެންމެހައި ފަރާތްތަކާއި، ކުންފުނީގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުން ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ކެތްތެރިކަން ނުހަނު އިހްލާސްތެރިކަމާއެކު ފާހަގަކުރާ ކަމަށެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement