ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ރެއަށް ހަމަވަނީ

ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ރެއަށް ހަމަވަނީ

15 hours ago - 08:28
Advertisement
Advertisement

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު މާދަމާ ރޭ 23:59 އަށް ހަމަވާނެއެވެ.


ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މީގެކުރިން ވަނީ، ގިނަ ބައެއްގެ އެދުމުގެ މަތިން މި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދީފައެވެ. ކުރިން މިދިޔަ މަހުގެ ނިޔަލަށް މުއްދަތު ހަމަވާގޮތަށް އޮތް ނަމަވެސް، އަޟްޙާ ޢީދު ބަންދާ ގުޅިގެން ލިޔެކިއުންތައް ހަމަކުރުމުގައި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާންޖެހުމުން ސަރުކާރުން ވަނީ މާދަމާ ރޭގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައެވެ.


މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯއްޗާއި، މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.


ސަރުކާރުން ބުނެފައިވާ ގޮތުގައި، މާދަމާ ރެއަށް މުއްދަތު ހަމަވާއިރު ދެން އިތުރަށް މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތެވެ. އަދި މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ މަސައްކަތްތައްވެސް މިހާރު ވަނީ އަލުން ފަށާފައެވެ.


މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިއުލާނުކުރި މި ސްކީމަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރާނެ އުސޫލުތައްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement