ހިޔާ ފްލެޓުން މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓުން މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި

5 hours ago - 11:43
Advertisement
Advertisement

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އަދި އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓުން އަންހެނަކު ހައްޔަރުކޮށްފިއެވެ.


ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ. ނާޝިދުވިލާ، ފާޠިމަތު ޝާޙާ އިބްރާހީމް (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 11 ވަނަ ދުވަހުއެވެ.


ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 216.12 ގުރާމެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.


މި މައްސަލައާ ގުޅިގެން ޝާޙާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.


މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ސަރުކާރުން މިހާރު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީ، މިފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ އޮޕަރޭޝަންތައް ވަރުގަދަކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement