ޔާމީނު ސަރުކާރާ ދުރަށް ދިޔައީ  ބޮޑާކަމާ ކިބުރުވެރިކަމުން- އަބްދުއްރަހީމް
އަބްދުއްރަހީމް އަބްދުالله ޕީއެންސީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ޔާމީނު ސަރުކާރާ ދުރަށް ދިޔައީ ބޮޑާކަމާ ކިބުރުވެރިކަމުން- އަބްދުއްރަހީމް

ޔާމީނު ގެންދަވަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުން

1 month ago - 14:33
Advertisement

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ސަރުކާރާ ދުރަށް ދިޔައީ  ބޮޑާކަމާ ކިބުރުވެރިކަމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. ސަރުކާރާ ދުރަށް ދާން ޖެހުނީ ގޮސްތައް ހަޖަމު ނުވެގެން ކަމަށް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ކުރިން ޔާމީން އެންމެ އަރިސް އަބްދުއްރަހީމް ވިދާޅުވީ އެހެން ބޭފުޅަކު ވެރިކަން ކުރައްވާތަން ބަލަން ޔާމީނުގެ ލަގޮނނޑިއަށް ކެތް ނުވަނީ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ރިޔާސީ ޓިކެޓް ހޯދައިދޭން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ, ކެމްޕެއިންގައިވެސް ބުރަކޮށް މަސައްކަތްކުރެއްވި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ހެއްލިދާނެކަމަށް ޔާމީން މާމޮޅު ވާހަކަ ދައްކަވަން އުޅުއްވާނެ ކަމެއް ނެތް ކަމަށެވެ.  އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ޔާމީނމަށް ކެތް ނުވާ ކަމަށް ވިދާޅުވިއެވެ.

"ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން.މިކަން ވަކީންބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން." - އަބްދުއްރަހީމް އަބްދުالله

ރައީސް ޔާމީނުގެ ޕީއެންއެފް އިން ބާއްވަވާ ކޮންމެ ޖަލްސާއެއްގައި ތަކުރާރުކޮށް ގެންދަވަނީ މިސަރުކާރާއި, ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވަމުންނެވެ. ޒާތީ ދިރިއުޅުއްވުމުގެ ކަންކަމަޑށްވެސް ފާޑުވިދާޅުވެ ގަނާ ކުރެއްވުންވެސް ވަނީ ޢާއްމުވެފައެވެ. މިސަރުކާރު ވެރިކަމަށް އިންތިޚާބުވީ ރައީސް ޔާމީނުގެވެސް ތާއީދާއެކު ނަމަވެސް, އެމަނިކުފާނާ ނުލާ ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީ ވަނީ ނަގާފައެވެ. އަދި އޭގެފަހުން ބޭއްވި ގިނަ ބައި-އިލެކްޝަންތައްވެސް ވަނީ ކާމިޔާބުކޮށްފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement