ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

2 hours ago - 10:22

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ގާނޫނީ ހައްގަކަށް ވާތީ، އެ ހައްގު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު ހެނދުނު ތާޖުއްދީން ސްކޫލުގައި ހުރި ވޯޓުފޮށްޓަށް ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ވޯޓުލުމަކީ ހުރިހާ ރައްޔިތުންގެ އަސާސީ ގާނޫނީ ހައްގެއް ކަމަށާއި، އެ ހައްގު އަދާކުރުމަށް ހުރިހާ ރައްޔިތުންވެސް ވޯޓުލާން ނުކުތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.


އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދުގެ އިންތިޚާބުތަކަށް މުޅި ރާއްޖޭގައި ޖުމްލަ 588 ވޯޓުފޮށި ބަހައްޓާފައިވާއިރު، މިހާރު ހުރިހާ ތަނެއްގައިވެސް ވޯޓުލުން ވަނީ ފެށިފައެވެ. މި ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow