ފައިލޭރިއާ ޖެހިފައިވާ މީހަކު މާލެއިންވެސް ފެނިއްޖެ

ފައިލޭރިއާ ޖެހިފައިވާ މީހަކު މާލެއިންވެސް ފެނިއްޖެ

ފައިލޭރިއާ ޖެހިފައިވާ ބިދޭސިއަކު މާލެއިން ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފި.

10 months ago - 15:40
Jan 1, 2024 - 01:35
Advertisement

ފައިލޭރިއާ ޖެހިފައިވާ ބިދޭސިއަކު މާލެއިން ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. 

އެޗް.ޕީ.އޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފައިލޭރިއާގެ ކޭސްތައް މާލޭ ސަރަހައްދުން ފެނުމާ ގުޅިގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުން އަންނަ ސަރަޙައްދުތަކުގައި ބިދޭސީން ޓެސްޓުކުރަމުން އަންނަ ކަމަށެވެ. 

އެޗް.ޕީ.އޭއިން ވިދާޅުވީ މި މަހުގެ 22 އަދި 23 ގައި ފައިލޭރިއާއަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެއާއި ވިލާމޭގެ އިތުރުން ގުޅީފަޅާއި ތިލަފުށި އަދި މާލެ ސަރަހައްދުގައި ކަމަށެވެ. 

އެގޮތުން މާލެ އިން 89 ބިދޭސިއަކު ޓެސްޓު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ބިދޭސިއަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. 

Advertisement

އެޗް.ޕީ.އޭއިން ވިދާޅުވި ގޮތުގައި މިހާތަނަށް 683 މީހަކު ޓެސްޓު ކުރެވި ޖުމްލަ 32 މީހަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement