ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަނީ
ސީއެޗްއެސްއީ ގެ ކުރީގެ ބާ އިމާރާތް: އަލުން މިތަނުގައި ކިޔަވައިދޭން ފަށަން ދަނީ މަސައްކަތް ކުރަމުން.

ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަނީ

އަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް، ކިޔަވައިދޭން ފެށޭނެ: މިނިސްޓަރ

3 months ago - 15:06
Advertisement

މާލޭގައި ހުރި ސީއެޗްއެސްސީގެ ކުރީގެ ޢިމާރާތުގައި އަނެއްކާ ވެސް ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމަވައިފި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ  އޭ ލެވެލްއަށް ކިޔަވައިދޭން ފެށި، އެންމެ ގިނަދުވަސްވީ ހަޔަރަ ސެކަންޑްރީ ސްކޫލް، ސީއެޗްއެސްއީގެ މާލޭގެ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ހާމަ ކުރެއވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކުގައި ކުރެއވި ޕޯސްޓެއްގަ އެވެ. 

މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މި ހިނގާ 2024 ވަނަ އަހަރު ގްރޭޑް 10 ގައި 1700 ދަރިވަރުން މާލޭގެ އެކި ސްކޫލްތަކުގައި ކިޔަވަމުން އަންނަ ކަމަށާއި މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމުގަ އެވެ. 

ސައެންސް އެޑިޔުކޭޝަން ސެންޓަރ (އެސްއީސީ) ގެ ނަމުގައި ރާއްޖޭގައި އެންމެ ފުރަތަމަ އޭލެވެލްއަށް ކިޔަވައިދޭން ފެށި ހަޔަރ ސެކަންޑްރީ ސްކޫލް، 3 ޖުލައި 1979 ގައި އުފައްދައި، އެންމެ ފުރަތަމަ ކިޔަވައިދިނީ ސައެންސްގެ މާއްދާތައް ކަމުގައިވާ ފިޒިކްސް، ކެމިސްޓްރީ އަދި ބައިލޮޖީގެ އިތުރުން އިނގިރޭސި އެވެ. ނަމަވެސް ޖެހިގެން އައި 1980 ވަނަ އަހަރު އިކޮނޮމިކއސް އާއި ހިސްޓްރީ ކިޔވައިދެން ފެށި އެވެ. ނަމަވެސް އެހެން މާއްދާތަކުން ވެސް އޭލެވެލް އަށް ކިޔަވައިދިނުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުމުގެ، މަގުސަދުގައި ސަރުކާރުން އެ ސްކޫލުގެ ނަން، 2001 ވަނައަހަރު، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭން (ސީއެޗްއެސްއީ) ގެ ނަމަށް ބދަލުކޮށް ކިޔަވައިދޭން ފެށި އެވެ.

Advertisement

ސީއެޗްއެސްއީގެ އާއިމާރާތް: މި އިމާރާތަށް ބަދަލުވީ 2023 ވަނަ އަހަރު

އަހަރުން އަހަރަށް އޭލެވެލްއަށް ކިޔަވާކުދިން އިތުރު ވަމުން ދިޔަ ނަމަވެސް، އެސްކޫލަށް ދިމާވަމުން ދިޔަ ޖާގައިގެ ދަތިކަމަށް، އެއްވެސް ސަރުކާރަކުން ހައްލެއް ހޯދައެއްނުދެވުނެވެ. އިމާރާތް ބާވެ، ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުމުން، އެންމެ ފަހުން ޖެހުނީ އަމީނިއްޔާ ސްކޫލުގެ ހޯލު ހުންނަ އިމާރާތް ހޯދައިދެން ބޭނުން ކުރާށެވެ. 

މިހާލުގައި ކިޔަވައިދެމުން ދަނިކޮށް، ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކަރުން ނިންމެވީ، ޖާގަތަނަވަސް ޒަމާނީ ސްކޫލެއް ހުޅުމާލޭގައި އަޅުމަށް ފަހު އެތަނަށް އެސްކޫލް ބަދަލުކުރުމަށެވެ.  

ސަރުކާރުގެ އޭލެވެލް ސްކޫލް ހުޅުމާލެއަށް ބަދަލު ކުރުމުން، މާލޭގައި ދިރިއުޅޭ ކުދިން ވެސް ކިޔަވަން ދާން ޖެހުނީ، ހުޅުމާލެއަށެވެ. ކުރިން ހުޅުމާލޭގައި ދިރިއުޅުނު ކުދިން މާލެއަށް ދިޔަގޮތަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، މިކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފަށަންވާއިރަށް ކުރީގެ ސީއެޗްއެސްއީގެ އިމާރާތުގައި އޭ ލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖައްސާ ދެއްވާނެ ކަމަށެވެ. 

މާލޭގައި އޭލެވެލްއަށް ކިޔެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަޔަސް ހުޅުމާލޭގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގާއިމުކޮށްފައިވާ ސީއެޗްއެސްއީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ. އަދި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭ ލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަ ވެސް މީހާރަށްވުރެ ކުޑަކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދޭން މުޅިން އާ އިމާރާތެއް ވެސް މާލޭގައި ބިނާކުރެވޭނެ އެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ޒަމާންވީ ސިޔާސަތަކީ އެ ކުއްޖަކު ދިރިއުޅޭ ތަނާ ވީހާ ވެސް ކައިރިން ތައުލީމް ފޯރުކޮށްދިނުމެވެ. 

ސީއެޗްއެސްއީ މިހާތަނަށް ހިންގި އިމާރާތުގައި މިހާރު ހުރީ މޯލްޑިވްސް ކެޑޭޓްކޯގެ ހެޑްކޯޓާޒް އެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement