މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވެއްޖެ
ފޮޓޯ- ވިކިމީޑިއާ ކޮމަންސް

މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވެއްޖެ

2 months ago - 22:32
Feb 22, 2026 - 22:48
Advertisement
Advertisement

މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ޒަމާންތަކަކަށްފަހު މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.


މި މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޖަޕާންގެ ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަނާއެވެ.


މި އެއްބަސްވުމުގެ ދަށުން މާލޭގައި މިހާރު ޤާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓް ކުރުމަށްޓަކައި ބޭނުންވާ ޒަމާނީ އާލާތްތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ނިޒާމުތައް މޮނިޓަ ކުރުމަށްޓަކައި ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަނެއް ޤާއިމް ކުރުމާއި، ފެން ހިންދާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ޚާއްޞަ ޖެޓިންގެ ވެހިކަލެއްވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެއެވެ.         

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement