ތިން ގައުމެއްގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ބޭފުޅުން އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި
ތިން ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ނަންފުޅުތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފައިވަނީ ރިޕަބްލިކް އޮފް ކިއުބާ، ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލް އަދި ޔުނައިޓެޑް މެކްސިކަން ސްޓޭޓްސްއަށް ކަނޑައަޅާ ސަފީރުންނަށެވެ.
އެގޮތުން މަޖިލީހުން ރުހުން ދިން ބޭފުޅުންނަކީ:
- ކިއުބާގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް: މިހާރުވެސް އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދު
- ބްރެޒިލްގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް: އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު
- މެކްސިކޯގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް: ޝިރުޒިމަތު ސަމީރު
މި ބޭފުޅުން އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ، ސަފީރުކަމުގެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު، އެ ބޭފުޅުންނަކީ އެ މަގާމުތަކަށް ގާބިލު ބޭފުޅުން ކަމަށް ކަމާބެހޭ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
މި ނިންމުމާއެކު، ބޭރު ގައުމުތަކާއެކު އޮންނަ ހާރިޖީ ގުޅުންތައް އިތުރަށް ބަދަހިވެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ތަމްސީލުކުރުން ފުޅާވެގެންދާނެއެވެ.
ރިއެކްޝަންސް



