ޔަމާލް އާ މެދު 'ފަރުވާކުޑަކުރިކަމަށް' ބުނެ ބާސެލޯނާގެ ކޯޗް ފްލިކްގެ ނުރުހުން ސްޕެއިން އަށް
ޔަމާލް ސްޕެއިންކގެ ޤައުމީ ޓީމްގެ މެޗެއްގައި. ފޮޓޯ: އޭއެފްޕީ

ޔަމާލް އާ މެދު 'ފަރުވާކުޑަކުރިކަމަށް' ބުނެ ބާސެލޯނާގެ ކޯޗް ފްލިކްގެ ނުރުހުން ސްޕެއިން އަށް

3 hours ago - 19:44
Sep 13, 2025 - 19:55

މިދިޔަ ބައިނަލްއަޤުވާމީ ބްރޭކްގައި ސްޕެއިން އިން ބާސެލޯނާގެ ކުޅުންތެރިޔާ ލަމީން ޔަމާލްއާ މެދު 'ފަރުވާކުޑަކުރިކަމަށް' ބުނެ ބާސާގެ ކޯޗު ހެންސީ ފްލިކްގެ ނުރުހުން ސްޕެއިންގެ ޤައުމީޓީމަށް އަމާޒުވެއްޖެއެވެ. ބްރޭކް އިން އެނބުރި އައިއިރު ޔަމާލްއަށް އަނިޔާވެ ލަލީގާގައި ބާސެލޯނާއިން ވެލެންސިއާ އާ ދެކޮޅަަށް ކުޅޭ މެޗު ޔަމާލްއަށް ގެއްލޭނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ފާއިތިވި ހަފުތާފައި ސްޕެއިންގެ ޤައުމީޓީމާއެކު ވޯލްޑްކަޕް ކޮލިފައިންގައި ބަލްގޭރިއާ އަދި ތުރުކިޔޭ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް 18 އަހަރުގެ ޔަމާލް ކުޅުނީ އަނިޔާގައި ހުރެއެވެ.

އެހެންވެ ތަދު މެނޭޖްކުރުމަށްޓަކައި މިހަފްތާ ބަންދުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗު ޔަމާލްއަށް ގެއްލޭއިރު އަންނަ ބުރާސްފަތި ދުވަހު ޗެމްޕިއަންސްލީގުގެ ފުރަތަމަ މެޗުގައި ނިއުކާސަލް ޔުނައިޓަޑްއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައިވެސް އޭނާއަށް ކުޅޭވޭނެކަން އަދި މުޅިން ޔަޤީނެއްނޫނެވެ.

"ޔަމާލް ޤައުމީޓީމާއެކު ދިޔައިރުވެސް އޭނާ ހުރީ އަނިޔާގައި, ފަރިތަކުރުންތަކުގައި ވެސް ބައިވެރިނުވެ ޕެއިންކިލަރ ކައިގެން ކުޅުނީ. ކޮންމެ މެޗެއްގައި 70 އަށްވުރެ ގިނަ މިނިޓް އޭނާ ކުޅުނު" މިއަދި ބޭއްވި ނޫސްކޮންފަރެންސްގައި ފްލިކް ބުންޏެވެ.

Advertisement
Advertisement

ފްލިކް އިތުރަށްބުނީ ދެމެޗު ދޭތެރޭގައިވެސް އޭނާ ބައިވެރިކޮށްގެން ފަރިތަކުރިންތައް ކުރިއަށް ނުގެންދާ ކަމަށެވެ. އަދި އެއީ ކުޅުންތެރިންނަށް އަޅާލާގޮތް ނޫންކަމަށްބުނެ ފްލިކް ވަނީ ސްޕެއިންގެ ޤައުމީޓީމަށް އަމާޒުކޮށް ހިތްހަމަނުޖެހި ވާހަކަދައްކާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow