އިޒްރާއީލުން  ޤަޠަރަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
ރައީސް މުއިއްޒު ޔޫއެންގެ ބައްދަލުވުމެއްގައި: ފޮޓޯ-ރައީސް އޮފީސް

އިޒްރާއީލުން ޤަޠަރަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

8 months ago - 20:50
Sep 9, 2025 - 20:51
Advertisement
Advertisement

އިޒުރޭލުން މިރޭ ޤަޠަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓްގައި އެހަމަލާ ކުށްވެރިކުރައްވާ ވިދާޅުވީ ޤަޠަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއަކީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި އެއީ ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހަމަލާއަކީ ސަރަހައްދުގެ ސިޔާދަތާއި, ސުލުހައާއި ހަމަޖެހުމަށް އަސަރުކުރާނެކަމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އޮތީ ޤަޘަރާއެކު ކަމަށެވެ. އަދި އިޒްރޭލްގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އިޒްރޭލުން ސިލްސިލާކޮށް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖަހަމުންދާ ދިއުމާމެދުވެސް ބައިނަލްއަޤްވާމީ މުޖުތަމައުން އިޒުރޭލް ޖަވާބުދާރީ ކުރަން ރައީސް ގޮވާލެއްވިއެވެ.

އިޒްރޭލުން ޤަޠަރަށް ހަމަލާދިނީ ޤަޠަރުގައި ތިބި ހަމާސްގެ އިސް ވެރިން މަރާލުމަށްކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement