ތުޅާދޫ އެއަޕޯރޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
ތުޅާދޫ އެއަޕޯރޓް ބިން ހިއްކުން މިނިސްޓަރ ފައްޓަވައިދެއްވަނީ: ފޮޓޯ-ކޮންސްޓްރަކްޝަން މިނިސްޓްރީ

ތުޅާދޫ އެއަޕޯރޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އެއާޕޯޓު އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރަންވެސް ވަނީ ހަވާލުކޮށްފަ

8 months ago - 16:26
Aug 12, 2025 - 16:26
Advertisement
Advertisement

ތުޅާދޫ އެއަޕޯރޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މިމަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.ޢަބްދުالله މުއްޠަލިބެވެ. ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ތުޅާދޫ ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އިއްޔެއެވެ. އެއީ މިދިޔަ ސަރުކާރުން އެމަސައްކަތް ހަވާލުކުރި ކުންފުންޏާއެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހުއެވެ. އެމަސައްކަތް މިއަދާ ހަމައަށް އޮތީ ނުފެށިއެވެ.

ބިން ހިއްކުމުގެ އިތުރުން ބ. ތުޅާދޫގައި  އެއާޕޯޓު އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ވެސް އެމް.ޓީ.ސީ.ސީ އާއެކު މިއަދު ވަނީ ސޮއިކުރައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭ އާއި ޓަރމިނަލް އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ފެސިލިޓީތައް ޤާއިމްކުރެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ބ.އަތޮޅުގައި މިހާރުވެސް އެއް އެއަޕޯރޓް އެބައޮތެވެ. އެއީ ދަރަވަންދޫ އެއަޕޯރޓެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement