ވީ.އައި.އޭގެ އާ ޓާމިނަލަކީ ގުޅިގެން ކުރެވޭ މަސައްކަތުގެ ރަމްޒެއް: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ވީ.އައި.އޭގެ އާ ޓާމިނަލަކީ ގުޅިގެން ކުރެވޭ މަސައްކަތުގެ ރަމްޒެއް: ރައީސް މުއިއްޒު

11 hours ago - 22:29
Jul 26, 2025 - 22:35
Advertisement
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީ.އައި.އޭ) އާ ޓާމިނަލަކީ އެންމެން އެއްބައިވަންތަކަމާއެކީ ގުޅިގެން މަސައްކަތްކުރުމުން ހާސިލުކުރެވޭ ކަންތައްތަކުގެ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީ.އައި.އޭ) އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އާ ޓާމިނަލުގެ މި މަޝްރޫއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ ވަރަށް ތާރީހީ ރެއެއް ކަމަށެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، މި މަޝްރޫއަކީ ދުނިޔެއަށް ރާއްޖެ ހުޅުވައިދޭ މައި ދޮރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ޒަމާނީ ޓާމިނަލުން މިލިއަން ފަސިންޖަރުންނަށް ދަތުރުފަތުރުގެ ތަޖުރިބާ ރަނގަޅުކޮށްދިނުމުގެ އިތުރުން، ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ފުރުސަތުތައް ހުޅުވައިދީ، އިގްތިސާދީ ކުރިއެރުމަށް ބާރުއަޅާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އިގުތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ މި އެއާޕޯޓް. އެއާޕޯޓްގެ އެންމެ މުހިންމު ބިނާއަކީ މި ޓާމިނަލް,”- ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Advertisement

މި ބޮޑު މަޝްރޫއު ހަގީގަތަކަށް ހެދުމުގައި ބައިނަލްއަގުވާމީ ތަރައްގީގެ އެކުވެރިންގެ ފަރާތުން ލިބުނު ބަދަހި އެހީތެރިކަން ވަރަށް މުހިންމު ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި އާ ޓާމިނަލް ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް، ކުވައިތު ފަންޑް، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އޮޕެކް ފަންޑަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement