
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް އިންފޯރގްރަފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް އިންފޯރގްރަފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދް މާލީ ވުޒާރާއިން ޢާއްމު އިއުލާނެއް ކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ބަޖެޓުގައިވާ މަޢުލޫމާތު އެ ވުޒާރާގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮމޭޝަން ބުކްލެޓެއް ތައްޔާރުކުރުމަށް ނިންމަވާފައިކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ.
މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.
މާލީ ވުޒާރާއިން ވަނީ މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް އިއުލާނާއެކު ޝާއިޢުކޮށްފައެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އީމެއިލް ކުރުމަށް އެ ވުޒާރާއިން މިނިސްޓްރީން ވަނީ އެދިފައެޗެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މާލީ ވުޒާރާއަށް ވަޑައިގެންނެވެ.
ރިއެކްޝަންސް






