ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ހައުސިންގ އެންޑް ޑިވެލޮޕްމަންޓް ބޯޑްގައި: ފޮޓޯ-ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައިފި

14 hours ago - 14:42
Jul 2, 2025 - 14:43
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތް ކުރެއްވައިފިއެވެ. އެމަނިކުފާނު އެތަންތަނަށް ޒިޔާރަތްކުރެއްވީ އެމަނިކުފާނު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޔޫ.އާރް.އޭ.އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ޔޫ.އާރް.އޭ.ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަރ މިސް އެޑެލް ޓަން ޝިއާއޯ ލިންގް އާއި ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރ (ޕޮލިސީ އެންޑް ޕްރޮޕަޓީ) މިސް ސިއާ ޓްޒޭ މިންގްއެވެ.

އެތަނުން ރައީސުލްޖުމްހޫރިއްޔާއާއި، އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ވަނީ، ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭއަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކޮށް، ދެމެހެއްޓުމަށް ސިންގަޕޫރުން ގެންގުޅުއްވާ ދުރުރާސްތާގެ ޕޮލީސެންޓްރިކް އާބަން ޕްލޭނިންގ އާއިބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދީފައެވެ.

މި ޕްރެޒެންޓޭޝަނަށްފަހު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނިގެން، ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އަމާޒުކުރުންވެސް ހިމަނައިގެން، ސިންގަޕޫރު ސަރުކާރުން ހިންގަވާ މަލްޓިސެކްޓޯރަލް އާބަން ޕްލޭނިންގ މަޝްވަރާތަކުގައި ޢާންމުންގެ ބައިވެރިވުން ހިމެނުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ބޭއްވި ސުވާލާއި ޖަވާބު ސެޝަނެއްވެސް އޮތްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އާރް.އޭ.ގެ ސިންގަޕޫރު ސިޓީ ގެލެރީއަށްވެސް ޒިޔާރަތް ކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިންގ އެކިއެކި މަރުހަލާތައް ބައްލަވާލައްވައި، އެ ސިޓީ ބެލެހެއްޓުމަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލުތައް ގެނެވުނު ގޮތް ބައްލަވާލައްވާފައެވެ.

ޔޫ.އާރް.އޭ. އަކީ އެތަނުގެ ޑިސްޓްރިކްޓް ކޮންޒަވޭޝަން ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެކެވެ. އަދި އެއީ. ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނަ ތަންތަން ތަރައްޤީ ކުރުމަށް ޚާއްޞަ ކޮށްފައިވާ ކުންފުންޏެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement