ސަރުކާރުތަކުން ކަނޑޫދޫއަށް އިހުމާލުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދޭނަން: ރައީސް

ސަރުކާރުތަކުން ކަނޑޫދޫއަށް އިހުމާލުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދޭނަން: ރައީސް

ސަރުކާރުތަކުން ތ.ކަނޑޫދޫއަށް އިހުމާލުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައްޔިތުންގެ މާޔޫސްކަން ފިލުވައިދީ ހިނިތުންވުން ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

8 months ago - 15:37
Feb 7, 2024 - 15:41
Advertisement

ސަރުކާރުތަކުން ތ.ކަނޑޫދޫއަށް އިހުމާލުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައްޔިތުންގެ މާޔޫސްކަން ފިލުވައިދީ ހިނިތުންވުން ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅުގައި ކަނޑޫދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތ.އަތޮޅުގެ ދިގު މާޒީގައި އެއަތޮޅު އެހާބޮޑަށް ބާކީވެ ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. 

ރައީސްގެ ވާހަކަފުޅުގައި ސަރުކާރެއް ހޮވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށްކަމަށާއި، މިސަރުކާރުން ރައްޔިތުން އެދޭ އަމާޒަށް ހުރިހާ ކަމެއްވެސް ވާސިލްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް އިޤްތިޞާދީ ދަތި ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، އެ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ތަޢުރީފްކުރާކަމަށެވެ.

އެގޮތުން އައިއެމްއެފުން އަމިއްލައަށް ކުރި ދިރާސާއިން ސަރުކާރުން އިޤްތިޞާދު ހަމައަކަށް އެޅުވުމަށް އަމިއްލައަށް އެޅި ފިޔަވަޅުތައް ރަނގަޅުކަމަށް ފާހަގަކޮށްފައިވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ މާ ލަސްތަކެއްނުވެ އޭގެ ފައިދާ ރައްޔިތުންނަށް ކުރަންފަށާނެކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރާނަން މަސައްކަތްތައް ތަރުތީބުކޮށްގެން ރައްޔިތުން އެންމެ އެދޭ ކަންކަމަށް އިސްކަންދީގެން، ޕީއެސްއައިޕީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން. މިއާއެކު އާމްދަނީން ދެކޮޅުޖެހި ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވޭނެ". ރައީސް ވިދާޅުވިއެވެ.

ކަނޑޫދޫގައި ތެލަސީމިއާއަށް ފަރުވާހޯދާ 4 ކުދިން އެބަތިއްބެވެ.

ރައީސް ވިދާޅުވީ ތެލަސީމިއާއަށް ބޭނުންވާ ހުރިހާ ފަރުވާއެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި، އެކަމަށް ކެބިނެޓުގައިވެސް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށެވެ. ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކަނޑޫދޫގައި އަޅާ ސިއްޙީ މަރުކަޒު ނިމޭއިރު ލެބޯޓްރީގެ ވަސީލަތްތަކާއެކު އެކަށީގެންވާ ތަމްރީން ލިބިފައިވާ މުވައްޒަފުންވެސް ތިބޭނެކަމަށެވެ.

"އެރަށެއްގެ އާބާދީއާއެއްވަރަށް އެކަށީގެންވާ ސައިޒުގެ ލެބޯޓްރީއެއް ޤާއިމްކޮށްދޭނަން. މިރަށުގައިވެސް ލެބޯޓްރީގެ ސާމާނާ އެ ތަމްރީން ލިބިފައިވާ މީހުންނާއެކު އެކަންވެސް ވާނެ". ރައީސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement