
އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ- ރައީސް ޑރ.މުޙައްމަދު މުއިއްޒު
އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ މިއަދު ކުޅިވަރުގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީޤު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްކޮށް, އެފްއޭއެމް ނޯމަލައިޒް ކޮމިޓީއަކާ ހަވާލުކޮށްފައިވާ ކުރުމަށް އިޝާރާތްކޮށް ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެއްވެސް އެސޯސިއޭޝަނެއްގެ 'ސީދާ' ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކަށަވަރުކުރާނީ ޤާނޫނުގައި ކުރަން އޮތްކަމެއް އެކުރަން ޖެހޭ ގޮތަށް ކުރަންޖެހޭ ފަރާތްތަކުން ކުރޭތޯ ކަމަށެވެ. ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުޅިވަރާބެހޭ ސިޔާސަތެއް ތަންފީޒު ކުރާނެކަން ފާހަގަކުރައްވާ ވިދާޅުވީ އެސޯސިއޭޝަންތަކުގެ ރެގިއުލޭޓް ކުރާނީ އެ އެސޯސިއޭޝަނަކާ ގުޅޭ އިންޓަރނޭޝަނަލް ބޮޑީތަކުން ކަމަށެވެ.
" ހަމަ ޔަގީނުންވެސް ދެފުށް ފެންނަކަން އިތުރުކުރެވި, ހިންގުން ހަރުދަނާކުރެވި, ގުޑްގަވަރނަންސް އިންޝުއަރ ކުރުމުގައި ވަރަށް މުހިއްމު ފިޔަވަޅުތަކެއް މިޤާނޫނުގެ ތެރެއިން ފަހިވެގެންދޭ, އަދި ޔަގީންކުރެވިގެން މިދަނީ" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އިންޓަރނޭޝަނަލް ފެޑެރޭޝަނުން ސަސްޕެންޑް ކޮށްފައި ވަނީ އޮލިމްޕިކް ކޮމިޓީއާ ސަރުކާރުގެ ނުފޫޒު އޮތްކަމަށް ބުނެއެވެ. އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އޮތީ ފީފާއިން ނޯމަލައިޒް ކޮށްފައެވެ. އެކަންބޮޑުވުން ކުޅިވަރު ކޮމިއުނިޓީގައި ވަރަށް ބޮޑެވެ.
ރިއެކްޝަންސް






