ޑެކްލަން ރައިސްގެ މޮޅު ހިލޭޖެހުން ސެލެބްރޭޓްކުރަން އެޑް ޝީރަން ސޮއިކޮށްފައިވާ ގިޓައެއް
އެޑް ޝީރަން ސޮއިކޮށްފައިވާ ގިޓާ, އަދި އެޑް ޝީރަން އާއި ރައިސް

ޑެކްލަން ރައިސްގެ މޮޅު ހިލޭޖެހުން ސެލެބްރޭޓްކުރަން އެޑް ޝީރަން ސޮއިކޮށްފައިވާ ގިޓައެއް

4 hours ago - 20:12
Apr 21, 2025 - 20:44

އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ސޮއިކޮށްފައިވާ ހާއްސަ ގިޓައެއް އާސެނަލްގެ ކުޅުންތެރިޔާ ޑެކްލަން ރައިސް އަށް ހަދިޔާކޮށްފިއެވެ. ރައިސްގެ އިންސްޓަގްރާމް ސްޓޯރީގައި އެޑް ޝީރަން އަށް ޝުކުރު އަދާކޮށް ގިޓާ ވަނީ ފޭނުނަށް ދައްކާލާފައެވެ.

މިއީ ޗެޕްމިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ރެއާލް މެޑްރިޑް އާދެކޮޅަށް ކާމިޔާބުކުރި ދެ ހިލޭ ޖެހުން ސެލެބްރޭޓްކުރުމުގެ ގޮތުން އެޑް ޝީރަން ދީފައިވާ ހަދިޔާއެއްކަން ގިޓާގައި ލިޔެފައިވާ ލިތުންކޮޅުންވެސް ހާމަވެއެވެ.

"ޑެކްލަން! ދެންފަހަރަކުން ކުޅޭއިރު އަހަރެން ދާނަން. ދެމީހުން އެކުގައި ޕީ.އެސް. ކިލަރ ފްރީ ކިކްސް, މިލަވަ ކިޔަންވާނެ" ގިޓާގައި އެޑް ޝީރަން ލިޔެފައިވެއެވެ.

ރެއާލް އާ ދެކޮޅަށް ރައިސް ކާމިޔާބުކުރި މޮޅު އަދި ހިތްގައިމު ދެ ހިލޭ ޖެހުމަކީ ރައިސްގެ ކެރިއަރުގައިވެސް އެފަދަ ފުރަތަމަ ހިލޭޖެހުމެވެ. ޗެޕްމިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި ރެއާލް ބަލިކުރުމަށްފަހު, ރެއާލްގެ އަމިއްލަ ދަނޑުގައިވެސް މޮޅުވެ އާސެނަލް ސެމީއަށް ދަތުރުކުރީ 5-1 ގެ އެގްރެގޭޓުން ކުރިހޯދައިގެންނެވެ.

Advertisement
Advertisement

ސެމީ ފައިނަލްގައި އާސެނަލް ބައްދަލުކުރާނީ ފާރްންސްގެ ޕެރިސް ސެއިންޓް-ޖެމައިން (ޕީއެސްޖީ) އާއެވެ.

އާދިއްތަ ދުވަހު ޕްރިމިއަރ ލީގުގައި އާސެނަލް ވަނީ 4-0 ން އިޕްސްވިޗް ޓައުން ބަލިކޮށްފައެވެ. އެޑް ޝިރަން އަކީ އިޕްސްވިޗްގެ މައިނޯރިޓީ ޝެއަރ ހޯލްޑަރެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow