ދަތުރުފަތުރުގެ ދާއިރާގެ ހާދިސާތައް ތަހުޤީޤުކުރަން ވަކި އިދާރާއެއް އުފައްދަވައިފި
ރާއްޖެއަކީ ކަނދުގެ ހާދިސާތައް ގިނަ ގައުމެއް / ފޮޓޯ:އެމްއެންޑީއެފް

ދަތުރުފަތުރުގެ ދާއިރާގެ ހާދިސާތައް ތަހުޤީޤުކުރަން ވަކި އިދާރާއެއް އުފައްދަވައިފި

6 days ago - 17:09
Apr 9, 2025 - 18:54
Advertisement
Advertisement

ދަތުރުފަތުރުގެ ދާއިރާގެ ހާދިސާތައް ތަހުޤީޤުކުރަން "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" ގެ ނަމުގައި އާ ވަކި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި އިދާރާ ރަސްމީކޮށް އުފައްދަވާފައި ވަނީ 8 އެޕްރީލް 2025 ވަނަ ދުވަހުކަމަށާއި،  މި އިދާރާ ހިނގަމުންދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުންކަމަށެވެ.

މި އިދާރާ އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުން ކަމަށާއި،  މީގެ ތެރޭގައި އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުން ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 7/2025 ދެންނެވުމުގައި މި ބޯޑުން ކުރިއަށް ގެންދަވާނެ މައިގަނޑު މަސައްކަތްތައް ބަޔާންކޮށްފައިވާ އިރު، ދައުލަތުގެ އިދާރާތަކުން މި ބޯޑަށް ލިޔާ ސިޓީތަކުގައި ނަންބަރެއްގެ ގޮތުގައި ޖެއްސެވުމަށް ކަނޑައަޅުއްވާފައި ވަނީ  501 އެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement