ސަރުކާރު އޮފީސްތައް މާދަމާ ހުޅުވުނު ނަމަވެސް ސްކޫލްތަކުގެ ކިޔެވުން ފަށާނީ ހަމަ ހޯމަ ދުވަހު
އެޑިޔުކޭޝަން މިނިސްޓަރު

ސަރުކާރު އޮފީސްތައް މާދަމާ ހުޅުވުނު ނަމަވެސް ސްކޫލްތަކުގެ ކިޔެވުން ފަށާނީ ހަމަ ހޯމަ ދުވަހު

12 months ago - 12:16
Apr 5, 2025 - 12:35
Advertisement
Advertisement

އީދު ބަންދަށްފަހު ސަރުކާރު އޮފީސްތައް މާދަމާ ހުޅުވުނު ނަމަވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ދިރާސީ ކަލަންޑަރުގައިވާ ގޮތަށް ހަމަ އަންނަ ހޯމަ ދުވަހުކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިހާރު ވަނީ ހުރިހާ ސްކޫލަކަކަށް މިކަން ވެސް އަންގަވާފައެވެ. 

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށުނީ ފެބްރުއަރީ 27 ގައެވެ. ގާތްގަނޑަކަށް 40 ދުވަހުގެ މި ޗުއްޓީއަށްފަހު، ދިރާސީ އަހަރުގެ ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ސްކޫލްތަކަށް ޓީޗަރުން މިއަދު ވަނީ ނުކުންނަން ފަށާފައެވެ.

މިއަހަރަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ދެވަނަ ޓާމު ފެށޭނީ އޮގަސްޓު 10 ގައެވެ. އަދި ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 25 ގައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement