ދިވެހި ޤައުމިއްޔަތު ދުވަހާ ގުޅިގެން "އެކުވެރިކަމުގެ ފިނިބުރު" ބާއްވައިފި
މިއަދު ކުރިއަށް ގެންދިޔަ ފިނިބުރުގެ ތެރެއިން / ފޮޓޯ: ތަރިކަ އާއި ބެހޭ މިނިސްޓްރީ

ދިވެހި ޤައުމިއްޔަތު ދުވަހާ ގުޅިގެން "އެކުވެރިކަމުގެ ފިނިބުރު" ބާއްވައިފި

1 year ago - 21:58
Mar 7, 2025 - 00:27
Advertisement
Advertisement

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "އެކުވެރިކަމުގެ ފިނިބުރު 2025" ގެ ނަމުގައި ޚާއްސަ ފިނިބުރެއް މިއަދު ކުރިއަށްގެންގޮސްފިއެވެ. މި ފިނިބުރު ފެށީ  މިއަދު 16:00 ގައި ހެދިގޮނޑުދޮށް ސަރަހައްދުންނެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި މި ބުރުގައި އެ ވުޒާރާއާއި ދައުލަތުގެ އެހެނިހެން ބައެއް އޮފީސްތަކާއި މުއައްސަސާތަކުންނާއި އާންމުން ބައިވެރިވިއެވެ. މި ސައިކަލު ބުރު ނިންމާލީ ރަސްފަންނު ސަރަހައްދަށެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމީ 3 ޖަނަވަރީ 2018 ގައެވެ. މި ދުވަސް ފާހަގަކުރަން ނިންމީ 2017 ވަނަ އަހަރުގެ މާރިޗު 6 ގައި ތަރިކަ މަޝްރޫޢު އިފްތިތާޙު ކުރެވުނު ދުވަސް ކަމަށްވާތީއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement