
ދެ މާރާމާރީއެއްގައި ހިމެނޭ ބަޔަކު ހައްޔަރުކޮށްފި
ކޯރާޑިއަކުންވެސް ހަމަލާ ދިން
ރޭ މާލޭގައި ހިންގި ދެ މާރާމާރީއެއްގައި ހިމެނޭ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ރޭ ދެވަނަ މާރާމާރީ ހިންގާފައިވަނީ ހުޅުމާލެ ރެހެންދި ޓާފް ދަނޑު ކައިރީގައެވެ.
ފުލުހުން ބުނީ ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލާ ދީފައިވާ ކަމަށެވެ. އެމީހުން ހަމަލާ ދިނީ ކޯރާޑިއަކުންނެވެ. ނަމަވެސް ފުލުހުން ބުނީ މާރާމާރީގައި ހަމަލާ ދީފައިވަނީ ކޯރާޑިއަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހަމަލާއާ ގުޅިގެން އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ރޭ 23:35 ހާއިރު ފުލުހުންނަށް ހުށަހެޅި އެމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކުން ހައިވޭއިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކުރީ ގދ.ފިޔޯރީ ރުސްތުމް އިބްރާހީމް (25) އާއި ބ.ގޮއިދޫ ސައިފް އަލްހާ ފައިސަލް (19) ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ހައްޔަރުކުރީ ފިލައިގެން ހައިވޭއިން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ކުރިން މާލޭގައި ވައިލޮޓް މަގު, ދޮންހުރާ ގޯޅީގައި ބަޔަކު މާރާމާރީ ހިންގަން މަސައްކަތްކުރި މައްސަލައަކާ ގުޅިގެން 2 މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެއިދާރާއިން ބުންޏެވެ. އެކަން ހިނގީ ރޭ 8:17 ހާއިރު އެވެ.
ދެމައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޝަންސް






