ތިލަމާލެ ބްރިޖްގެ މަސައްކަތް އަވަސް ކުރުމަށް މަޝްވަރާކޮށްފި
ތިލަމާލެ ބްރިޖްގެ މަސައްކަތް އަވަސް ކުރުމަށް މަޝްވަރާކޮށްފި އެވެ. މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިންޑިޔަން ހައިކޮމިޝަނަރ ޖީ.ބަލަސުބުރަމާނިއަން މިއަދު މިނިސްޓަރ ޑރ.އަބްދުالله މުއްތަލިބުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުالله މުއްތަލިބާއި އިންޑިޔަން ހައިކޮމިޝަނަރ ކުރެއްވި މަޝްރަވާތަކުގައި ބްރިޖްގެ މަސައްކަތް އަވަސް ކުރުމުގެ އިތުރުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށްގެންދިޔަ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.
މިހާރު އޮތް ގޮތުން ބްރިޖް މަޝްރޫއު ނިމޭނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
ރިއެކްޝަންސް