
ކުޅުދުއްފުށި އެއަޕޯރޓް ފެންސްގައި ޖެހުނު ޕިކަޕް ދުއްވީ ކުޑަކުއްޖެއް- ފުލުހުން
ކުޅުދުއްފުށި އެއަޕޯރޓް ފެންސްގައި ޖެހުނު ޕިކަޕް ދުއްވީ ކުޑަކުއްޖެއް ކަމަށް ފުލުހުން ބުނެފިއެވެ. ދައުރުވަމުންދާ ޕިކަޕެއް ފެންސެއްގައި ޖެހޭ ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ދައުރުވަމުންދާ ހދ.ކުޅުދުއްފުށިގައި ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށެވެ. އެޕިކަޕް ޖެހެނީ އެއަޕޯރޓް ފެންސްގައި ކަމެއް ފުލުހުން ނުބުނެއެވެ. އެކަމަޕަ އެޕިކަޕް ޖެހެނީ އެއަޕޯރޓް ފެންސްގައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެޕިކަޕް ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށެވެ. މައްސަލައާ ގުޅިގެންއެޕިކަޕް ޓޯކޮށް, މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޝަންސް






