މޮރޮކޯގެ 'ހަސަނީ ފިލާވަޅު' ގައި ތަޤުރީރު ކުރެއްވުމުގެ ފުރުޞަތު މިނިސްޓަރ ޝަހީމަށް
މޮރޮސޯ ސަފީރު ޑރ.ޝަހީމަށް ދައުވަތު ދެއްވަނީ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

މޮރޮކޯގެ 'ހަސަނީ ފިލާވަޅު' ގައި ތަޤުރީރު ކުރެއްވުމުގެ ފުރުޞަތު މިނިސްޓަރ ޝަހީމަށް

3 months ago - 07:46
Jan 28, 2025 - 07:46
Advertisement
Advertisement

މޮރޮކޯގެ 'ހަސަނީ ފިލާވަޅު' ގައި ތަޤުރީރު ކުރެއްވުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދަށް ދެއްވައިފިއެވެ.

މޮރޮކޯގައި ތަޤުރީރު ކުރެއްވުމަށް މިނިސްޓަރ ޑރ ޝަހީމަށް ދަޢުވަތު ދެއްވައިފި. 'ހަސަނީ ފިލާވަޅު' އަކީ ރަމަޟާންމަސް އިޙުޔާކޮށް ދިރުވުމަށް މޮރޮކޯގައި ރަސްގެފާނު މުހައްމަދު ހަވަނަގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދާ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ.

ރަމަޟާންމަހު މޮރޮކޯގައި ކުރިއަށްގެންދާ މި ސެޝަންތަކަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ، ސެޝަންތަކެއްކެކެވެ. ޑރ.ޝަހީމަށް އެހަރަކާތުގައި ތަޤުރީރު ކުރެއްވުމުގެ ދައުވަތު ދެއްވީ މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ބައްދަލުކުރައްވައެވެ. އެއީ މޮރޮކޯ ސަރުކާރުން ފޮނުއްވި ދައުވަތެކެވެ. އެދައުވަތު ދެއްވީ ކުރިއަށް އޮތް ރަމަޟާން މަހު ތަޤުރީރު ކުރެއްވުމަށެވެ. 

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ މޮރޮކޯގެ އެމްބެސެޑަރ އެމަނިކުފާނާއި ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ، ދިވެހިރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

Advertisement
Advertisement

މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް ވަޒީރު ހިއްސާކުރެއްވިއެވެ. އަދި މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement