ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ނޫޅެން- ސަރުކާރު
ަސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު: ފޮޓޯ-ރައީސް އޮފީސް

ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ނޫޅެން- ސަރުކާރު

1 year ago - 15:30
Jan 26, 2025 - 15:30
Advertisement
Advertisement

ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރަން ނޫޅޭ ކަމަށް ސަރުކާރުން ބުނެފިއެވެ. ތަރުޖަމާނު ހީނާ ވަލީދު މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ

އިންޓަރނެޓާއި މީޑިޔާތައް ރެގިއުލޭޓް ކުރާ ބިލެއް ހުށަހަޅާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބުރައީސް އަހުމަދު ނާޒިމްއާ ހަވާލާދެއްވާ ބައެއް މީޑިޔާތަކުން ރިޕޯރޓްކޮށްފައި ވަނިކޮށެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުމުގެ އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށެވެ.

" ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ. ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއްނެތް." ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ  ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު  ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް  އެންމެ އިސްކަންދޭ ސިޔާސަތަކީ  މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުންކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement