ކައިލް ވޯކާ އޭސީ މިލާނަށް ސޮއިކޮށްފި

ކައިލް ވޯކާ އޭސީ މިލާނަށް ސޮއިކޮށްފި

3 months ago - 07:47
Jan 25, 2025 - 07:47

މެންޗެސްޓަރ ސިޓީގެ ކެޕްޓަން ކައިލް ވޯކާ ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށް ސޮއިކޮށްފިއެވެ. އިނގިރޭސި ޑިފެނޑަރ މިލާނަށް ސޮއިކުރީ ސީޒަންގެ ނިޔަލަށެވެ. އެކަމަކު ސީޒަން ނިމުމުން ދާއިމީ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުޞަތު ލިބެއެވެ.

34 އަހަރުގެ ވޯކާ މިލާނުގައި ބޭނުން ކުރާނީ 32 ނަމްބަރު ޖަރޒީ އެވެ. މިލާނަށް ކުޅޭ އިނގިރޭސި ކުޅުންތެރިންގެ ތެރޭގައި ފިކާޔޯ ޓޮމޯރީ, ރުބެން ލޮފްޓަސް ޗީކް, ޓަމީ އަބްރަހަމް ހިމެނެއެވެ. ވޯކާ ވަނީ މިލާނަށް ސޮއުކުރުމަށްފަހު ހަތް އަހަރު ކުޅުނު ކްލަބް ސިޓީގެ ސަޕޯޓަރުންނާއި, މެނޭޖްމަންޓާއި, ޓީމް އޮފިޝަލުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާއާއެކު ސިޓީއަށް ކުޅުންތެރިންގެ އިތުރުން ކޯޗު ޕެޕް ގާޑިއޯލާއަށް ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

ވޯކާ ވަނީ ސިޓީއާއެކު 17 ތަށި ކާމިޔާބުކޮށްފައެވެ. ޕެޕް ގާޑިއޯލާއާއެކު ހަ ފަހަރު ޕްރިމިއަރ ލީގު ހޯދި ޓީމްގައި ވޯކާ ހިމެނެއެވެ. އޭނާ ވަނީ ސިޓީއަށް 319 މެޗު ކުޅެދީފައެވެ. 2017 ވަނަ އަހަރު އޭނާ 50 މިލިއަން ޕައުންޑަށް ސިޓީއަށް ބަދަލުވީ ޓޮޓްނަމް އިންނެވެ. ރައިޓް ބެކް ވަނީ އިނގިރޭސި ގައުމީ ޓީމަށްވެސް 93 މެޗު ކުޅެދީފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow