ރޯދަމަހު ގޭބީސީ ތަކަށް ބަހާ މަސްދަޅުން 40 ގްރާމް އުންޏެއް ނުވާނެ- މިފްކޯ
ފަތުރަމުންދާ ވާހަކަތައް މިފްކޯއިން ވަނީ ދޮގުކޮށްފަ
ރޯދަމަހު ގޭބީސީ ތަކަށް ބަހާ މަސްދަޅުން 40 ގްރާމް އުނި ނުވާނެ ކަމަށް މިފްކޯ އިން ބުނެފިއެވެ. މިފްކޯއިން މިފަދައިން ބުނެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަމަހު ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭހުގައި ހިމެނޭ ކޮންމެ މަސްދަޅަކުން 40 ގްރާމް މަސް މަދުވާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރުމުގެ ގޮތުންނެވެ. މިފްކޯއިން ބުނީ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެކުންފުނިން ބުނީ 140 ގްރާމްގެ މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބީސީ ތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި މަސްދަޅު ފްރިޖް ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށެވެ.
ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވައުދަކީ ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސްކޭހެއް ހިލޭ ދިނުމެވެ. އެކަމަށް މިފްކޯއިން އަންނަނީ ތައްޔާރުވަމުންނެވެ.
ރިއެކްޝަންސް