ތަޅުމުން ޝިފްޒާއަށް ރުހުމެއް ނުލިބުނު, ރުހުން މުހައްމާއާއި ސަރާހަތަށް
ތަޅުމުން ރުހުން ދިން މުހައްމާއާއި ސަރާހަތު

ތަޅުމުން ޝިފްޒާއަށް ރުހުމެއް ނުލިބުނު, ރުހުން މުހައްމާއާއި ސަރާހަތަށް

1 year ago - 11:32
Jan 16, 2025 - 11:32
Advertisement
Advertisement

ކުރީގެ ނޫސްވެރިޔާ އަދި ޕްރެޒެންޓަރ ޝިފްޒާ މުޙައްމަދަށް މަޖިލިހުގެ ރުހުން ނުިލިބި, ބްރޯޑް ކާސްޓިންގ ކޮމިޝަނަށް އައްޔަން ކުރުމަށް މުޙައްމަދު އަބްދުالله (މުޙައްމާ) އަށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ރުހުން ދީފި އެވެ. މުޙައްމާގެ އިތުރުން ރުހުން ދިނީ ކުރިންވެސް އެކޮމިޝަންގެ މެމްބަރުކަން ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތު އަށެވެ.

ކޮމިޓީ ލިސްޓްގެ ދެވަނައިގައި ޝިފްޒާ އޮތަސް އަދި މުހައްމާއަށް ވުރެ ކުރިން ޝިފްޒާގެ ނަމަށް ވޯޓަށް އެހިޔަސް ޕީއެންސީގެ މެމްބަރުންގެ ވޯޓުން ޝިފްޒާ ކަޓުވާލުމަށްފަހު ކޮމިޝަނަށް އައްޔަން ކުރުމަށް ވޯޓް ދިނީ ތިންވަނަ އަށް ވޯޓަށް އެހި މުހައްމާ އަށެވެ.

ފުރަތަމަ ވޯޓަށް އެހީ ކޮމިޓީ ލިސްޓްގެ އެއްވަނައިގައި އޮތް ސަހާރަތުގެ ނަމަށެވެ. އޭނާއަށް ރުހުން ދިނީ 68 މެމްބަރުންގެ ވޯޓުންނެވެ. ދެވަނަ އަށް ވޯޓަށް އެހި ޝިފްޒާ އަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ. މުހައްމާ އަށް ރުހުން ދިނީ 58 މެމްބަރުންގެ ވޯޓުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ލިސްޓްގެ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒު އަލީގެ ނަން އޮތަސް ކޮމިޓީ މަރުހަލާއިން އޭނާގެ ނަން ވަނީ އުނިވެފައެވެ. ތަޅުމަށް އޭނާގެ ނަމެއް ނުގެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement