ފިޔަވަތީގެ އަހަރީ ދުވަހު އެޗްޑީސީން ގޭމް ރޫމެއް ހަދިޔާކޮށްފި
ގޭމްރޫމް ފިޔަވައްޗާ ހަވާލުކޮށްދެއްވަނީ: ފޮޓޯ-އެޗްޑީސީ

ފިޔަވަތީގެ އަހަރީ ދުވަހު އެޗްޑީސީން ގޭމް ރޫމެއް ހަދިޔާކޮށްފި

11 days ago - 22:25
Dec 7, 2024 - 22:25
Advertisement
Advertisement

ފިޔަވަތީގެ އަހަރީ ދުވަހު އެޗްޑީސީން ގޭމް ރޫމެއް ހަދިޔާކޮށްފި އެވެ. މިއަދު ހަވީރު ފަރުކޮޅުފުށީގައި ބޭއްވި ފިޔަވަތީގެ އަހަރީ ޙަފްލާގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) ގެ ގޭމް ރޫމް ފިޔަވައްޗާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އެޗްޑީސީން ހަދިޔާކުރި ގޭމް ރޫމަކީ 240,000 ރުފިޔާގެ އަގުބޮޑު ގޭމް ރޫމެކެވެ. މިއީ އެކުންފުނީގެ މުވައްޒަފުންގެ ހަދިޔާއެކެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒު، "ފިޔަވަތި"ގެ އަހަރީ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ފިޔަވަތީގެ ކުދިން ހުށަހަޅައިދިން، ތަފާތު ހަރަކާތްތައް ބައްލަވާލައްވައި، އެކުދިންނަށް ހަދިޔާ ޙަވާލުކޮށްދެއްވާފައެވެ. އަދި މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ފިޔަވަތީގެ ކުދިންނާއެކު ހަވީރުގެ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން، އެކުދިންނާ ބައްދަލުކުރައްވައި، އެކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

Advertisement
Advertisement

ފަރުކޮޅުފުށީގައި ކުރިއަށްގެންދިޔަ ހަފްލާއަކީ އެޗްޑިސީން ފިޔަވަތީގައި ތިބި ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ހަފްލާއެކެވެ.

ފިޔަވައްޗަކީ، ކުޑަކުދިންގެ ހިޔާގެ ބައެއްގެ ގޮތުގައި، ހުޅުމާލޭގައި ހިންގާ މަރުކަޒެކެވެ. މި މަރުކަޒުގައި ދައުލަތުން ބަލަހައްޓަނީ، އުމުރުން 13 އަހަރު ނުފުރޭ ކުޑަކުދިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement