ފަލަސްޠީން ފަންޑަށް ފައިސާ ހަވާލުކުރި ކަމުގެ ލިޔުންތައް ޢާއްމުކޮށްފި

ފަލަސްޠީން ފަންޑަށް ފައިސާ ހަވާލުކުރި ކަމުގެ ލިޔުންތައް ޢާއްމުކޮށްފި

24 days ago - 11:10
Oct 28, 2024 - 11:10
Advertisement
Advertisement

 

"ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯ ފަލަސްތީނިއަން ރެފިއުޖީސް (އަންރުވާ) އަށް ހަވާލުކުރިކަން ސަރުކާރުން ކަށަވަރުކޮށްދީފިއެވެ. އެގޮތުން އެފައިސާ ޖަމާކުރި ކަމުގެ ޑެބިޓް އެޑްވައިޒުގެ ކޮޕީއާއި އަންރުވާ ފޯ ޕަލަސްތީން އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާކަން ކަށަވަރުކޮށްދީ ޖޭ.ޕީ މޯގަން ބޭންކުން ދޫކޮށްފައިވާ ޓްރާންސެކްޝަންވެސ ފޮރިންގ މިނިސްޓްރީން ވަނީ ޢާއްމުކޮށްފައެވެ.

ފޮރިންގ މިނިސްޓްރީން ރޭ ޢާއްމުކުރީ އެމްއެމްއޭ އިން އެފައިސާ ޖަމާކުރި ކަމުގެ ސްލިޕެވެ. އެފައިސާ އަންރުވާގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ. އެޓެލެތޯނުން ލިބުނީ 1,248,826.56$ (އެއް މިލިއަން ދެ ލައްކަ ސާޅީސް އަށް ހާސް އަށް ސަތޭކަ ސައްވީސް ޑޮލަރާއި ފަންސާސް ހަ ސެންޓް) އެވެ. މިއަދަދު އޮޑިޓް ފާމެއް ކަމަށްވާ ކްރޯވ މޯލްޑިވްސް އެލް.އެލް.ޕީ އިން ޔަގީންކޮށްފައިވާ ކަމަށް ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

Advertisement
Advertisement

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ޓެލެތޯނުން ލިބުނު ފައިސާއެވެ. ޕަބްލިކް ސާރވިސް މީޑިއާއިން ޓެލެތޯން ކުރިއަށް ގެންދިޔައީ މިއަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

"ދިވެހި ސަރުކާރުން މިހާރު ދަނީ ދިވެހި ރައްޔިތުން ހަދިޔާ ކުރި ފައިސާ ޚަރަދުކުރާނެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އަންރުވާއާއެކު މަޝްވަރާކުރަމުންނެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

މިފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހި ރައްޔިތުން ހަދިޔާ ކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާޢީދާއި, އަބަދުވެސް އަދި ވަކީން ޚާއްސަކޮށް މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި, އެ ޤައުމާއި އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބި ކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި, ބައިނައްޤްވާމީ ޤާނޫނާ އިންޓަރނޭޝަނަލް ހިޔުމެނިޓޭރިއަން ލޯ އާ ޚިލާފަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި ބަހުން ކުށްވެރި ކުރާކަން ބަޔާނުގައި ތަކުރާރުކޮށްފައި ވެއެވެ.

ފޮރިންގ މިނިސްޓްރީން ފައިސާ ޖަމާކުރި ކަމުގެ ލިޔުންތައް ޢާއްމުކޮށްފައި މިވަނީ އެލިޔުންތައް ޢާއްމު ނުކޮށްގެން ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement