ސްޓެލްކޯގެ ފުރަތަމަ ސްލޯގަން އަކަށް "ތަރައްޤީގެ ބައިވެރިޔާ"
ސްޓެލްކޯގެ ސްލޯގަން އެމްޑީ އިފްތިތާހުކޮށްދެއްވަނީ: ފޮޓޯ-ސްޓެލްކޯ

ސްޓެލްކޯގެ ފުރަތަމަ ސްލޯގަން އަކަށް "ތަރައްޤީގެ ބައިވެރިޔާ"

1 year ago - 07:55
Oct 28, 2024 - 07:55
Advertisement
Advertisement

ސްޓެލްކޯގެ ޚިދުމަތުގެ 75 އަހަރުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ސްލޯގަންއެއް ކަނޑައަޅައިފި އެވެ. އެކުންފުނީގެ ސްލޯގަންއެއްގެ ގޮތުގައި ކަނޑައެޅީ 'ތަރައްޤީގެ ބައިވެރިޔާ' އެވެ.

ކުންފުނީގެ ސްލޯގަން އިފްތިތާހުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމީ ތަރައްޤީގައި ސްޓެލްކޯއިން ވެފައިވާ ޙިއްސާ ކަމަށް އެކުންފުނިން ބުންޏެވެ.

ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ޚިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު ސްލޯގަންއިން ރަމްޒުކޮށްދޭނެކަން އެކުނފުނިން ފާހަގަކުރިއެވެ. އަދި 1949ން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ޚިދުމަތުގެ އިތުރުން މިހާރު އެ ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ޚިދުމަތާއިއެކު ޤައުމީ ތަރައްޤީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް ސްލޯގަންއިން ރަމްޒުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ ޕީއާރު ރަނގަޅުކޮށް, ތަމްރީނުގެ ޕްރޮގްރާމްތައްވެސް ވަނީ ކުރިއަށްވުރެ އިތުރުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement