ފުށުއަރާ މައްސަލައެއް ސްޕްރީމް ކޯޓްގައި އޮތުމުން ޔާމީންގެ ޝަރީއަށް މެދުކަނޑާލައިފި
ފުށުއަރާ މައްސަލައެއް ސްޕްރީމް ކޯޓްގައި އޮތުމުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަށް ކްރިމިނަލް ކޯޓުން މެދުކަނޑާލައިފި އެވެ.
ކްރިމިނަލް ކޯޓްގައި މިއަދު ފެށީ މީގެކުރިން އެކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އާރަށުގެ މައްސަލައެވެ. އަލުން ޝަރީއަށް ފެށީ އެހުކުމް ހައިކޯޓުން ބާތިލްކޮށް, އަލުން ބަލަން އަމުރު ކުރުމުންނެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތާއި މަނީލޯންޑަރިންގ ހިމެނޭ މައްސަލައެއްގެ ޝަރީއަށް ނިންމާ 11 އަހަރަށް އިއްވި ޖަލު ހުކުމް ބާތިލްކުރި ނަމަވެސް ހައިކޯޓުން އެންގީ އަލުން ބެލުމަށެވެ. އަލުން ޝަރީއަށް ފެށުމުން ޔާމީނުގެ ވަކީލުން ފާހަގަކުރެއްވީ ހައިކޯޓްގެ ހުކުމުގައި އާހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާތީ އެބައި ދައުލަތުން ސްޕްރީމް ކޯޓްގައި އިސްތިއުނާފް ކުރުމުން އެމައްސަލަ ބަލަމުންދާ މައްސަލައެވެ. މިއީ ފުށުއެރުން އޮތް މައްސަލައެއްކަން ޔާމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ.
ޔާމީނުގެ ދިފާއީ ހެކިތައް ނަފީކުރަން އާހެކި ހުށަހެޅުމާ ބައެއް ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެމައްސަލަ ނިމުމުގެ ކުރިން ކްރިމިނަލް ކޯޓްގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ޔާމީނުގެ ވަކީލުން ފާހަގަކުރިއެވެ.
އެކަމަށް ރިއާޔަތްކޮށް ގާޒީ އަލީ ނަދީމް ނިންމެވީ ސްޕްރީމް ކޯޓްގެ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓްގެ ޝަރީއަށް މެދުކަނޑާލުމަށެވެ.
ރިއެކްޝަންސް