ދައުލަތުގެ ކުންފުނިތަކުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލަން އަންގައިފި
އެމްޓީސީސީ ހިމެނޭހެން ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރަން ވަނީ އަންގާފައި

ދައުލަތުގެ ކުންފުނިތަކުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލަން އަންގައިފި

ޚަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން އެންގި

13 days ago - 07:50
Advertisement

ދައުލަތުގެ ކުންފުނިތަކުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފި އެވެ.

މިގޮތަށް އަންގާ ސަރުކާރު ކުންފުނިތަކާއި, ސަރުކާރު ހިއްސާވާ ކުންފުނިތަކާއި, އެކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވީ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

މިފަޔަވަޅު ހިމެނޭހެން އެހެން ގިނަ ފިޔަބަޅުތަކެއް އަޅަން ކުންފުނިތަކަށް އެންގީ ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް ބުނެފައި ވެއެވެ. އަދި މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށް އެހީވުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން މިވަގުތު ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުން މުހިއްމުމަކަށް ޕްރައިވަޓައިޒޭޝަން ބޯޑުން ޢާއްމުކުރެއްވި ސާކިއުލާގައި ބުނެފައި ވެއެވެ.

ޑޮލަރުން މުސާރައާއި އިނާޔަތް ދިނުމުގެ އިތުރުންވެސް ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ އަންގާފައެވެ. އެގޮތުން އިދާރީ އޮނިގަނޑުގައި ހިމެނުނު ނަމަވެސް ހަމަ ކޮންމެހެން ނަގަން ޖެހޭ މަގާމަކަށް ނޫން ގޮތަކަށް ވަޒީފާއަށް އެއްވެސް މުވައްޒަފަކު ނުނަގަން ވަނީ އަންގާފައެވެ. އަދި މުސާރައާއި އިނާޔަތަށް ބަދަލު އަންނާނެ ކަމެއް ޕްރައިވަޓައިޒޭޝަން ބޯޑުގެ ހުއްދައާ ނުލައި ނުގެންނަންވެސް ވަނީ އަންގާފައެވެ.

Advertisement

ކުންފުނީގެ މަސައްކަތްތައް ރަސްމީ ގަޑިއަށް ފައްތާ, އިތުރު ގަޑީގެ ޚަރަދުތައް ކުޑަކުރަންވެސް ވަނީ އަންގާފައެވެ. ތަމްރީނުތައް ހިންގުމުގައިވެސް ކުންފުނީގައި ހުރި ވަސޞީލަތްތަކާއި, މުވައްޒަފުން ބޭނުން ކޮށްގެން ކުރިއަށް ގެންދިއުމަށްވެސް ސާކިއުލާގައި ވަނީ އަންގާފައެވެ. ކޮންމެހެން ކުރަން ޖެހިގެން ނޫނީ މަސައްކަތްތައް އައުޓްސޯސް ނުކުރުމަށްވެސް ވަނީ ކުންފުނިތަކަށް އަންގާފައެވެ.

ދަތުރުތައްވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި, ދަތުރުތައް ކުރުމުގައި ޚަރަދު ކުޑަކޮށް އިހުތިޔާރު ކުރުމާއި, ފެރީ ނިޒާމް އޮތް ސަރަހަދައްދު ތަކުގައި ފެރީ ނިޒާމުން ދަތުރު ކުރުމާއެކު ބޭރު ދަތުރު ތަކަށްވެސް 6 ގަޑިއިރަށްވުރެ ކުރު ނަމަ ބިޒުނަސް ކްލާހުން ޓިކެޓް ނުނެގުމަށް އެންގިއެވެ.

މީގެއިތުރުންވެސް ޚަރަދުތައް ކުޑަކުރުމަށް އެހެން ބައެއް ފިޔަވަޅުތައް އެޅުމަށް ކުންފުނިތަކަށް ވަނީ އަންގާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement