ހުރިހާ އަތޮޅަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު 2027 ގެ ނިޔަލަށް ނިންމަނީ

ހުރިހާ އަތޮޅަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު 2027 ގެ ނިޔަލަށް ނިންމަނީ

60 minutes ago - 16:07
Advertisement
Advertisement

ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މަސްވެރިންނާއި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއު، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނިންމަވާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.


މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން އެސްޓީއޯގެ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މީސްމީޑިއާގައި ހިއްސާކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މި މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުންނާއި، ހާއްސަކޮށް މަސްވެރިންނާއި އިގްތިސާދީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހަރަދު ކުޑަކޮށްދީ، ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ލުޔެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ. 

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement