ރޭގަނޑު 9:00 ގެ ފަހުން ކުޑަކުދިން އެކަނި ބޭރުގައި ނޫޅުމަށް ދިއްދޫ ކައުންސިލުން އިލްތިމާސްކޮށްފި

ރޭގަނޑު 9:00 ގެ ފަހުން ކުޑަކުދިން އެކަނި ބޭރުގައި ނޫޅުމަށް ދިއްދޫ ކައުންސިލުން އިލްތިމާސްކޮށްފި

53 minutes ago - 08:13
Sep 14, 2026 - 08:29
Advertisement
Advertisement

ހއ. ދިއްދޫގައި ޒަރޫރީ ބޭނުމަކާ ނުލައި، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކާ ނުލައި 18 އަހަރުން ދަށުގެ ކުޑަކުދިން ބޭރުގައި ނޫޅޭކަން ކަށަވަރުކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ކައުންސިލުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، މިއީ އަންނަން އޮތް ޖީލުތަކުގެ ފިކުރީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކޮށް، ކުށްތަކާއި މަސްތުވާތަކެތީގެ ނުރައްކަލުން ކުދިން ދުރުހެލިކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެއިތުރުން، ރަށުގެ ޖަމްޢިއްޔާތަކާއި ތަޢުލީމީ މަރުކަޒުތަކުން ކުދިން ބައިވެރިކޮށްގެން ހިންގާ ހަރަކާތްތައްވެސް ރޭގަނޑުގެ ވަގުތުތަކަށް ސަމާލުކަންދީގެން އިންތިޒާމުކުރުމަށް ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން، ރަށުގެ މަދަނީ ޖަމިއްޔާތަކާއި، ތައުލީމީ އަދި ފަންނީ ތަމްރީނުދޭ މަރުކަޒުތަކުން 18 އަހަރުން ދަށުގެ ކުދިން ބައިވެރިކޮށްގެން ހަރަކާތްތައް ރާވައި ހިންގާއިރުވެސް، ރޭގަނޑު ގަޑިތަކަށް ސަމާލުކަންދީގެން ކަންކަން އިންތިޒާމުކުރުމަށް ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ.

އެހެންކަމުން، މިފަދަ ނުރައްކާތަކުން މުޖުތަމަޢު ސަލާމަތްކޮށް، ކުދިންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި، ކައުންސިލުގެ މި ނިންމުމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެންމެހައި ރައްޔިތުންނަށާއި ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަރިންގެ ކަންކަން ގާތުން ބަލައި، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަކީ މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement