ބުރިޖަށް އުރުނު އުޅަނދުގެ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ: އެޗްއާރްސީއެމް

ބުރިޖަށް އުރުނު އުޅަނދުގެ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ: އެޗްއާރްސީއެމް

4 hours ago - 16:47
Advertisement
Advertisement

ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ބުރާސްފަތިދުވަހުގެ ރޭ ސިނަމާލެ ބުރިޖުގެ ތަނބަކަށް އުރުނު ބޭރުގެ އުޅަނދުގައި ތިބި ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.


އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ، ބުރިޖަށް އުރުނު އުޅަނދުގައި ތިބި ފަޅުވެރިންގެ ހާލަތު އެ ކޮމިޝަނުން ބެލިތޯ ސުވާލުކުރުމުން މީޑިއާތަކަށް މިއަދު ދިން ޖަވާބުގައެވެ.


އެޗްއާރްސީއެމުން ބުނި ގޮތުގައި އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ހާލަތާ ގުޅޭ މައްސަލައެއް އެންމެ ފުރަތަމަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެ މައްސަލަ ކޮމިޝަނަށް ހުށަހެޅީ އެ އުޅަނދުގައި ބޯފެނާއި ކާބޯތަކެތީގެ އިތުރުން އެހެނިހެން އަސާސީ ތަކެތި ހުސްވެފައިވާ ކަމަށް ބުނެ އެ އުޅަނދުގެ ފަޅުވެރިންނެވެ.


މި ޝަކުވާ ލިބުމާ ގުޅިގެން އެޗްއާރްސީއެމުން ވަގުތުން އެކަމުގައި ބަލަންޖެހޭ ކަންކަން ބަލަން ފެށި ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެގޮތުން، ފަޅުވެރިންގެ ސިއްހީ ހާލަތު ވަޒަންކޮށް، އެމީހުންގެ ކެއިންބުއިމާއި އަސާސީ ބޭނުންތައް ފުރިހަމަކުރެވިފައިވޭތޯ ކަށަވަރުކުރި ކަމަށްވެސް އެޗްއާރްސީއެމުން މައުލޫމާތު ދެއެވެ.


މީގެއިތުރުން، އުޅަނދުގެ ފަޅުވެރިންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެމީހުންގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި އެ އުޅަނދަށް ރާއްޖެއިން ކަނޑައަޅާފައިވާ ލޯކަލް އެޖެންޓާ ގުޅިގެން ޖުލައި މަހުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement