މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

24 minutes ago - 21:37
Advertisement
Advertisement

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށް ދަންމާލައިފިއެވެ.


މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި ސަރަހައްދުތަކަށް އެންމެ ފުރަތަމަ ސަމާލު ނެރުނީ މިއަދު މެންދުރު 13:00 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ. ނަމަވެސް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މިހާރު ވަނީ މިރޭ ދަންވަރު 01:00 އާ ހަމައަށް ސަމާލުގެ ވަގުތު އިތުރުކޮށްފައެވެ.


އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.


ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.


މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement