ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ މީހުންގެ މަޢުލޫމާތު ސައްޙަކުރުމަށް ޑީއެންއާރުއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ މީހުންގެ މަޢުލޫމާތު ސައްޙަކުރުމަށް ޑީއެންއާރުއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

4 hours ago - 12:04
Advertisement
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާއެކު އިއްޔެ މުހިންމު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު އަޙްމަދު ޢާލީއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ.


މި ފަހުމްނާމާގެ ދަށުން، ޑީއެންއާރުގެ އޭޕީއައި (API) މެދުވެރިކޮށް މައިއެމްސީއެސް (MyMCS) ޕޯރޓަލްއާ ކަރެކްޝަންސްގެ ގައިދީންގެ މަޢުލޫމާތުތައް އިންޓެގްރޭޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.


ޑީއެންއާރުން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރުކުރުމުގައި މިހާރަށްވުރެ އަވަސް އަދި ފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، ގައިދީންގެ އާއިލާތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލައިލެވޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަކީވެސް މި އެއްބަސްވުމުގެ މަޤްޞަދެކެވެ.
މި ނިޒާމުގެ ސަބަބުން ޤައިދީންނަށް ޒިޔާރަތްކުރާ މީހުންނަކީ ކޮންބައެއްކަން ދެނެގަނެ، އެއީ އާއިލާގެ މެންބަރުންކަން ކަށަވަރުކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ސައްޙަކަމާއެކު ބެލެހެއްޓުމަށް މަގުފަހިވާނެއެވެ.


ކަރެކްޝަންސްއިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ މަޢުލޫމާތު ދެނެގަތުމަށް ފަސޭހަވެ، އެ މުއައްސަސާއިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ދިނުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement