އިންތިޚާބީ ނިޒާމް ހަރުދަނާކުރުމަށް، މަޖިލިސް ރައީސާއި ޕީއެންސީގެ ލީޑަރޝިޕުން ފުވައްމުލަކު ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ގޭގެއަށް!

އިންތިޚާބީ ނިޒާމް ހަރުދަނާކުރުމަށް، މަޖިލިސް ރައީސާއި ޕީއެންސީގެ ލީޑަރޝިޕުން ފުވައްމުލަކު ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ގޭގެއަށް!

2 hours ago - 11:36
Mar 20, 2026 - 11:46

ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާއި، އެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ފުވައްމުލަކު ސިޓީގެ ގޭގެއަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ. 

މި ހަރަކާތަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށާއި، ދައުލަތުގެ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. 

މި ޒިޔާރަތުގައި މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީއެންސީގެ އިސް ބޭފުޅުން ވަނީ ފުވައްމުލަކުގެ އެކި އަވަށްތަކުގެ ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ރާއްޖޭގައި މިހާރު އޮތް އިންތިޚާބީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުންނެވެ.


މީގެ އިތުރުން، ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، އެކަންކަމަށް ސަރުކާރުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ހޯދައިދެވޭނެ ހައްލުތަކާ ބެހޭގޮތުންވެސް މައުލޫމާތު ބަދަލުކުރެވުނެވެ.


ޕީއެންސީގެ ލީޑަރޝިޕުން ފާހަގަކުރި ގޮތުގައި، މިފަދަ މަޝްވަރާ ދަތުރުތަކުގެ މަގްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ އެއްގޮތަށް، ރައްޔިތުންގެ އަޑު އަހައިގެން ގައުމީ މުހިންމު އިސްލާހުތައް ގެނައުމެވެ.

މި ހަރަކާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވީ، އިއްޔެ ކުރިއަށްދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ މައިގަނޑު ބޭނުމަކީ އިންތިޚާބީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން ސީދާ ރައްޔިތުންގެ ބަސް ހޯދުން ކަމަށެވެ.

https://web.facebook.com/story.php?story_fbid=122120784633177501&id=61585325041693&rdid=W1fZrrMXC189LhaD#


ވަކިން ޚާއްޞަގޮތެއްގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިންތިޚާބުތަކަށް ހޭދަވާ ވަގުތު ސަލާމަތްކުރުމުގެ ގޮތުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް މި ހަރަކާތުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބަދަލަކީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑެތި ޚަރަދުތައް ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވިއެވެ.


މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ ފަރާތުން މި އިޞްލާޙުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބައްލަވައި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ސައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މިފަދަ ހަރަކާތްތަކުގެ މުހިންމު ބޭނުމެއްކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.


މި ހަރަކާތަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށާއި، ދައުލަތުގެ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.



ރިއެކްޝަންސް

like

dislike

love

funny

angry

sad

wow