ފިޠުރު ޢީދުގެ ބަންދަށްފަހު ހޯމަ ދުވަހު ސަރުކާރު އޮފީސްތައް ހުޅުވަނީ

ފިޠުރު ޢީދުގެ ބަންދަށްފަހު ހޯމަ ދުވަހު ސަރުކާރު އޮފީސްތައް ހުޅުވަނީ

2 months ago - 12:08
Advertisement
Advertisement

ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، މި ހިނގާ އޭޕްރީލް މަހުގެ 23ވާ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. މިއީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ސަރުކާރުން ހަމަޖައްސަވާފައިވާ އުސޫލެކެވެ.

އެހެންކަމުން، މި ފެށޭ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. 

ސަރުކާރުގެ އޮފީސްތައް ހުޅުވޭއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި، އަދި ހަރުދަނާކަމާއެކު ފޯރުކޮށްދިނުމަށް ބާރުއަޅުއްވަމުންނެވެ. ޝައްވާލު މަހުގެ މި ހާއްސަ ގަޑިތަކަށް އަމަލުކުރަން ފެށުމާއެކު، ސަރުކާރުގެ ހުރިހާ އިދާރާތަކަކުންވެސް އެ ގަޑިތަކަށް ސަމާލުކަން ދީގެން ޚިދުމަތްތައް ރޭވުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.



ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement