ހުރިހާ ރައްޔިތުން ނިކުމެ ޕީއެންސީއަށް ބޮޑު މެޖޯރިޓީއެއް ދެއްވާ: އެމްޕީ ސިނާ

ހުރިހާ ރައްޔިތުން ނިކުމެ ޕީއެންސީއަށް ބޮޑު މެޖޯރިޓީއެއް ދެއްވާ: އެމްޕީ ސިނާ

2 hours ago - 13:34
Mar 15, 2026 - 13:38

ކުރިއަށް އޮތް ތިން އިންތިޚާބުތަގައިވެސް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބޮޑުތަނުން މެޖޯރިޓީއެއް ދެއްވައި، އިންތިޚާބުތައް ކާމިޔާބުކޮށްދެއްވުމަށް އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އިލްތިމާސް ކުރައްވައިފިއެވެ.


މެންބަރު ސިނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު މިއަދު ފެންނަނީ މުޅިން އައު ހަރުފަތަކަށް ގޮސްފައިވާ މަންޒަރު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށްޓަކައި ގެންގުޅުއްވާ އިޚްލާސްތެރި ކަންކަން ހާސިލްކުރުމަށްޓަކައި ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ދިނުން މިއަދު މުހިއްމު ކަމަށެވެ. 

މެންބަރު ސިނާ ވިދާޅުވީ، ރައީސް މުޢިއްޒު ދިވެހި ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ މަސައްކަތްތަކާއި ހާސިލްކޮށްދެއްވަން ބޭނުންވާ ލަނޑުދަނޑިތަކަކީ މިނެކިރަންވެސް އުނދަގޫވާ ފަދަ މުހިންމު ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ ދިވެހި ހުރިހާ ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވައި، ސަރުކާރަށް ފުރިހަމަ ތާއީދެއް ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. 

"އަޅުގަނޑުގެ އެދުމަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޕީއެންސީގެ ކުރިއަށް މިއޮތް އިންތިޙާބުތަކަށް ބޮޑުތަނުން މެޖޯރިޓީދެއްވައި ކާމިޔާބު ކޮށްދެއްވުމަށް" މެންބަރު ސިނާ ވިދާޅުވިއެވެ. 


މި މޭރުމުން ވާހަކަދައްކަވަމުން މެންބަރު ސިނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން އިންތިޚާބުތަކުން ފެނިގެންދިއުމަކީ ގައުމުގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މެންބަރު ސިނާ މިހެން ވިދާޅުވެފައިވަނީ، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އެ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެސް ވަނީ ނިންމާފައެވެ. 

މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ބައެކެވެ. ދައުލަތުގެ ބަޖެޓުން އިންތިޚާބުތަކަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކޮށް، އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ލުއިކުރުމަކީ މި ބަދަލުގެ މައިގަނޑު މަގްސަދެވެ.

މި އިންތިޚާބުތަކަށް ތައްޔާރުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ. އެއް ދުވަހެއްގައި ތިން އިންތިޚާބެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، އެކަމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ފުރިހަމަކުރުމާއި، އޮފިޝަލުން ތަމްރީނުކުރުމުގެ އިތުރުން، އޮފިޝަލުންނާއި އޮބްޒާވަރުން ހޯދުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

                    

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow