ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަލާން ކުރެއްވުން އޮންނާނެ

ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަލާން ކުރެއްވުން އޮންނާނެ

2 hours ago - 16:42
Advertisement
Advertisement

މިއަހަރުގެ ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑr. މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރައްޔިތުންނާ ޢީދު ސަލާން ކުރެއްވުން އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާނު ކުރައްވައިފިއެވެ.


ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ،  ފިޠުރުޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. ޢީދު ސަލާން ކުރެއްވުމުގެ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދަޢުވަތު އަރުވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށްވެސް މި ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި ދަޢުވަތު އަރުވާފައެވެ.

ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. އަދި މުލީއާގެއަށް ވަޑައިގެންނެވޭނީ ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގަށް ވަޑައިގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.                   

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement