ކޮމިޓީއަށް ތިން ނޫސްވެރިން ވަނީވެސް ސިއްރު ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް- މަޖިލިސް
މިއަދު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ކޮމިޓީއަށް ތިން ނޫސްވެރިން ވަނީވެސް ސިއްރު ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް- މަޖިލިސް

ކޮމިޓީން ނެރުނީ ގަވާއިދާ ހިލާފަށް ވަދެ އަޑުގަދަކޮށް ހުރަސްއެޅުމުން

4 hours ago - 17:20
Sep 10, 2025 - 17:20
Advertisement
Advertisement

މިއަދު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ތިން ނޫސްވެރިން ވަނީވެސް އެއީ ސިއްރު ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލިހުގެ އިދާރާއިން މިހެން ބުނެފައި ވަނީ އެކޮމިޓީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމެވުމުންވެސް ތިން ނޫސްވެރިއަކު ކޮމިޓީ ދޫކޮށް ނުނިކުތުމުން, މަޖިލިހުގެ އިދާރާގެ މުވައްޒަފުން ގަދަކަމުން އެތިން ނޫސްވެރިން ބޭރަށް ނެރުނު ޚަބަރު ރިޕޯރޓްކޮށް, ވީޑިއޯ އާއްމުކޮށްފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ވިދާޅުވީ ސިއްރު ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އިތުރުބަޔަކަށް ނުތިބެވޭނެ ކަމަށެވެ. އެހެންނަމަވެސް، 3 ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަށް ވަދެފައި ވަނީ އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ގަދަކަމުން ކަމަށް މަޖިލިހުގެ އިދާރާއިން ވިދާޅުވިއެވެ.

"އަދި، ކޮމިޓީކުރާ ކޮޓަރިން އެ 3 ނޫސްވެރިން ނެރެންޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުމުންނެވެ." މަޖިލިހުގެ އިދާރާއިން ވިދާޅުވިއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައިކަން ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ފާހަގަކުރެއްވިއެވެ.

Advertisement
Advertisement

ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިޔާ ބިލް ދިރާސާ ކުރުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement