ސޯޝަލް މީޑިޔާގައި ރައީސްއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ
ރައީސް މުއިއްޒު އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން: ފޮޓޯ-ރައީސް އޮފީސް

ސޯޝަލް މީޑިޔާގައި ރައީސްއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ

9 months ago - 21:34
Jul 31, 2025 - 21:35
Advertisement
Advertisement

ސޯޝަލް މީޑިޔާގައި ރައީސްއަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިރޭ ހަމައެކަނި ވިދާޅުވީ ސޯޝަލް މީޑިޔާގައި ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް, މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެމައްސަލަކީ ޑްރަގް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާ ކުރަނީ ކަމަށް ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދެއްވާ އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރު ޝެއަރކޮށް މީހަކު މަރުގެ އިންޒާރު ދިން މައްސަލައެވެ. މަސީހް މޫސާގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން އެޚަބަރު ޝެއަރކޮށް ލިޔެފައި ވަނީ 'އެންމެ ފުރަތަމަ މި (ހުތުރު ބަހެއް) މަރާލަންޖެހޭ' ކަމަށެވެ.

އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވީ މަރުގެ އިންޒާރު ދީ ލިޔެފައިވާ ޕޯސްޓްގެ ސްކްރީން ޝޮޓެއް ފުލުހުންގެ މީޑިޔާ ގްރޫޕްގައި ނޫސްވެރިއަކު ހިއްސާކުރުމުންނެވެ. މިއަދު ހަވީރު ނޫސްވެރިއަކު އެސްކްރީން ޝޮޓް ހިއްސާކުރުމުން އެމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވީ މިރެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement