ކެނަޑާއިން ފަލަޞްޠީނުގެ ދައުލަތް ޤަބޫލުކުރަން ނިންމުމާ ގުޅިގެން ޓްރަމްޕް ރަތަށް
ގްރެފިކްސް: ޖީއެޗްވައި އިންޓަނޭޝަނަލް

ކެނަޑާއިން ފަލަޞްޠީނުގެ ދައުލަތް ޤަބޫލުކުރަން ނިންމުމާ ގުޅިގެން ޓްރަމްޕް ރަތަށް

ވިޔަފާރީގެ އެއްބަސްވުންުތައް ދަތިކޮށް ޓެރިފް އިތުރުކުރާނެކަމުގެ ބިރު ވަނީ ދައްކާފައި

22 hours ago - 20:41
Jul 31, 2025 - 20:44

ކެނަޑާއިން ފަލަޞްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމާއެކު ކެނަޑާއާއެކު މަޝްވަރާކުރަމުން އަންނަ ވިޔަފާރީގެ އެއްބަސްވުންތައް ކުރިއަން ގެންދިއުން ދަތިވާނެކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނަޑާއަށް އިންޒާރުދީފިއެވެ. މާދަމާ ސޮއިކުރުމަށް ކުރިން މަޝްވަރާ ކުރެވިފައިވާ އެއްބަސްވުންތަކަށް 35 އިންސައްތަ ޓެރިފް އިތުރުކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފައެވެ.

ކެނަޑާއިން ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަން އިއުލާން ކުރީ އިއްޔެ އެވެ. އޭގެ އެއްދުވަސްކުރިން އިނގރޭސިވިލާތުންވެސް ވަނީ ސެޕްޓެމްބަރު މަހު އދ ގެ އާންމު މަޖިލިސް ހުޅުވުމުގެ ކުރިން ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އަދި މީގެ ހަފުތާއެއްކުރިން ފަރަންސޭސި ވިލާތުންވެސް ވަނީ އެކަން އިއުލާން ކޮށްފައެވެ.

"ވާއު! ކެނަޑާއިން ފަލަޞްޠީން މިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަށް ތައްޔާރުވީ! އެހެންވީމާ އަހަރެމެންނަށް މިހާރު ދެން ކެނަޑާއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ދާން ވަރަށް ދަތިވާނެ" ޓްރަމްޕް އޭނާގެ މީސްމީޑިއާ 'ޓްރުތް' ގައި ލިޔެފައި ވެއެވެ. ނަމަވެސް ކެނަޑާގެ ބޮޑުވަޒީރު މާކް ކާނޭގެ އޮފީހުން މިކަމާ ގުޅިގެން އަދި ވާހަކަދައްކާފައެއް ނުވެއެވެ.

ޓްރަމްޕް މިހެން ލިޔެފައިވަނީ ހަމަތަކަށް ފެތޭނަމަ އދ ގެ 80 ވަނަ އާންމު މަޖިލީހުގައި ފަލަޞްޠީނުގެ ދައުލަތް ބަލައިގަންނާނެކަން ކަން ކެންޑާގެ ބޮޑުވަޒީރު އިއުލާންކުރި ފަހުންނެވެ.

Advertisement
Advertisement

އަންނަ މަހު 1 ގައި ސޮއިކުރަން އޮތް ވިޔަފާރީގެ އެއްބަސްވުމަށް ޓްރަމްޕް 35 އިންސަައްތައިގެ ޓެރިޕްއެއް އިތުރުކުރާނެކަން ޓްރަމްޕް އިއުލާން ކުރުމާއެކު މެކްސިކޯ-ކެނަޑާ އަދި އެމެރިކާގެ ވިޔަފާރޫގެ އެއްބަސްވުުގައި ނުހިމެނޭ ހުރިހާ މުދަލަކަށް 35 އިންސައްތައިގެ ޓެރިފް އިތުރުވާނެއެވެ.

ބުދަ ދުވަހު ކާނޭ ވަނީ އެމެރިކާއާއެކު ކުރިއަށްދާ ވިޔަފާރީގެ އެއްބަސްވުންތައް ވަރަށް ރަނގަޅަށް ކުރިއަށްދާކަމަށާއި ނަމަވެސް މިހާރު ލަފާކުރެވުފައިފާ މުއްދަތުގައި އެއްބަސްވުމުގައި ސޮއިކުރެވިދާނެކަމާމެދު ސުވާލު އުފައްދާފައެވެ.

ކާނޭ ވަނީ ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުމަކީ ދުނިޔޭގެ ސުލްހަ އާއި މަސަލަސްކަމަށް މިވަގުތު މުހިއްމު ކަމެއްކަމަށާއި, އިޒްރާއިލް-ފަލަޞްޠީނުގެ މައްސަލަ ހައްލުކުރުމަށް އޮތް ދެ ދައުލަތުގެ ހައްލު އަހަރެމެންގެ ލޯމަތިން ގެއްލި ނުދަނީސް އެކަމަށް އެކަށޭނެ ފިޔަވަޅުތައް އެޅުމަކީ ކެނަޑާއިންއަބަދުވެސް ޤަބޫލުކުރަމުން އަންނަ ގޮތް ކަމަށް ވިދާޅުވެފައެވެ.

ކާނޭ އިިތުރަށް ވިދާޅުވީ ގޯސްވެގެންއަންނަ ޣައްޒާގެ ހާލަތާއެކު ޣައްޒާގެ ރައްޔިތުންގެ ކެކުޅުން ފެނި މިކަން ލަސްކުރުމަކީ އިތުރަށް ކުރެވެންއޮތްކަމެއް ނޫންކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމައުއިން ސުލްހައަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުން މުހިއްމުކަމަށް ކާނޭ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow