ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް
މިއަދުން ފެށިގެން ދަރިވަރުންނަށް ވަނީ 16 ދުވަހުގެ ޗުއްޓީއެއް ލިބިފައި / ފޮޓޯ: އިސްކަންދަރު ސްކޫލް

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް

1 day ago - 12:29
Jul 24, 2025 - 12:41
Advertisement
Advertisement

ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ރިޕޯޓް ފޯމް ދިނުމާއި އެކު މިއަދުން ފެށިގެން 16 ދުވަހުގެ ޗުއްޓީއެއް ލިބިއްޖެއެވެ.

ރާއްޖޭގެ އެކަޑަމިކް ކަލަންޑަރު ރޭވިފައިވާ ގޮތުން ދެން ދަރިވަރުން ސްކޫލަށް ދާންޖެހޭނީ މި އަންނަ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ. އަދި ކަލަންޑަރުގައިވާ ގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިޑްޓާމް ބުރޭކްގެ ގޮތުގައި 9 ދުވަހުގެ ޗުއްޓީއެއްވެސް ދަރިވަރުންނަށް ލިބޭނެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެކަޑަމިކް ކަލަންޑަރަށް ގެނައި ބޮޑު ބަދަލާއި އެކު ސްކޫލު ތަކުގެ ބޮޑު ޗުއްޓީ ލިބިގެންދާނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ޗުއްޓީގައި ދަރިވަރުންނަށާއި ޓީޗަރުންނަށް ގާތްގަޑަކަށް ދޮޅުމަސް ދުވަސް ލިބޭނެއެވެ.

ތައުލީމީ ވުޒާރާއިން ނެރެފައިވާ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެންމެ ފަހު ހަފުތާގެ ތެރޭގައެވެ.

Advertisement
Advertisement

މިއަދު ދަރިވަރުން ޗުއްޓީއަށް ދާއިރު މި ޗުއްޓީ ދިމާވެގެން މިދަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރޭ އުފާވެރި ދުވަސްވަރާއި ވެސް ދިމާވާގޮތަށެވެ. މިއަންނަ ހޮނި ހިރު ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރޭ ފަޙްރުވެރި މިނިވަން ދުވަހެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement